ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެ އިން ބޭރަށް ވަޑައިގަތުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް އިއްވި ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކޮށްދޭން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުލުސް އޮފީހުގައި މިއަދު އެދިއްޖެ އެވެ.
އަޑުބަރޭ އަށް ކްރިމިނަލް ކޯޓުން މިއަދު 15 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ. އޭނާ މިވަގުތު ހުންނެވީ އެނގިފައިވާ ގޮތުގައި ރާއްޖެ އިން ބޭރުގަ އެވެ.
އަޑުބަރޭ އަށް ޖަލު ހުކުމެއް އައީ ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތަކެއް އުފުލައި ޝަރީއަތް ފަށާފައި ވަނިކޮށް އަލީ ވަހީދު ބޭސްފަރުވާ އަށް ރާއްޖެ އިން ބޭރަށްދާން ޖާމިނުވުމަށް ފަހު އޭނާ ޝަރީއަތަށް ހާޒިރުކޮށްދީފައި ނުވާތީ އެވެ.